ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމާ ގުޅިގެން އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު އެ ކޮމިޝަނަށް ދިނުމުން ކަމަށް އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެކަމާގުޅިގެން ޕީޕީއެމްގެ ނައިބު ލީޑަރ އަޙްމަދު ޝިޔާމް ވަނީ ރައްޔިތުން މަޖިލިހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައި ޤާނޫނު އަސާސީއާ ޚިލާފު ބައެއް ޤާނޫނުތައް އުވައިލުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. އެގޮތުން ލޯކަލް ކައުންސިލު އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނާއި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތަކުގެ ހިންގުން ކަށަވަރުކުރުމުގެ ޤާނޫނު އުވާލުމަށް ޝިޔާމް ގޮވާލެއްވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ބަލިމަޑުކަމުގެ ޙާލަތުގައިވިޔަސް ތަންފީޒުކުރުމުގެ ފުރުޞަތުދީ އެ ޙައްޤުތައް ނަގަހައްޓަންޖެހޭ ކަމަށެވެ. ޚާއްޞަކޮށް ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ވޯޓުލުމުގެ ޙައްޤު ލިބިދޭންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޖަލުގައި ތަންފީޒު ކުރަމުންދާ ޙުކުމާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ބަންދުކޮށްފައި ހުންނަވާތާ މިހާރު 400 އަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި، އެމަނިކުފާން ހުންނެވީ ޣައިރުޤާނޫނީ ބަންދެއްގައި ކަމަށެވެ. އަދި ސަރުކާރުން މުޅިރާއްޖޭގައި ކެމްޕޭން ކުރަމުން ދާއިރު އިދިކޮޅު ޕާޓީ އޮތީ ރަހީނުކޮށްފައި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އަދި މިއީ އިންތިޚާބު ބާއްވައިފިނަމަ ބޮޑުތަނުން ސަރުކާރު ބަލިވާނެކަން އެނގޭތީ ނިޒާމީ ގޮތެއްގައި އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އިންތިޚާބު ފަސްކުރުމަށް ސަރުކާރުން ކުރާ ކަމެއްކަމަށްވެސް ޝިޔާމް ތުހުމަތު ކުރަށްވާފައިވެއެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ކައުންސިލް އިންތިޚާބު އިތުރަށް ފަސްކުރަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާގުޅިގެން އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރަށް ތާޢީދު ކުރާ ކެނޑިޑޭޓުންނާއި، އިދިކޮޅު ކެނޑިޑޭޓުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން