ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
ދަޢުލަތެއް ލޫޓުވައިލީމާ ސަލާމަތް ނުވެވޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު، ރައީސް ޔާމީނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާތައް ލިބެމުންދަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި މެމްބަރު ނިހާދު ވިދާޅުވީ، ދަޢުލަތެއް ލޫޓުވާލުމުން ސަލާމަތް ނުވެވޭނެ ކަމަށެވެ. އަދި ތިމާ ކުރި ކަމެއްގެ ޒިންމާ ތިމާ އުފުލަންވާނެ ކަމަށާއި، އެހެން މީހެއްގެ ބޮލަށް އެކަން ކަނޑާލަން ނޫޅުއްވުމަށް މެމްބަރު ނިހާދު ވަނީ ރައީސް ޔާމީނަށް އިލްތިމާސް ކުރަށްވާފައެވެ.

އަދި ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާ ލިބެމުންދަނީ، އަޙްމަދު އަދީބު ލައްވައި ހުރިހާކަމެއް ކުރުވާފައި އޭނާ ކަތިލާފަ އަމިއްލަ އަށް ސަލާމަތްވާން މަސައްކަތް ކުރުމުން ނޫންތޯއޭ ވިދާޅުވެ ނިހާދު ވަނީ ސުވާލުކުރަށްވާފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި އިސްކޮށް ޙަރަކާތްތެރިވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނަށް މިހާރުވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށެވެ. އަދި 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން ވެސް އަމީން އެވެނިއު ފްލެޓެއްގައި ސަރުކާރުން އަޙްމަދު އަދީބު ބެހެއްޓެވީ އިދިކޮޅު ކޯލިޝަން ހަލާކުކޮށްލުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ނައިބުރައީސް ކަމުން ދުރުކޮށްފައިވަނީ، އަދީބު ނައިބު ރައީސް ކަމަށް ގެނައުމަށް ޓަކައި ކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

މަަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް 5 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އުފުލާފައިވާ މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދަޢުވާގައި އެމަނިކުފާނުގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދަޢުލަތުން ބުނެފައިވަނީ، ރައީސް ޔާމީން ނުފޫޒު ބޭނުންކުރަށްވައިގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކުރަށްވައިގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އައްލާ

10-Jan-2021

ގައުމުނިލޫޓުވާސަރުކާރުންއަދާއި ހަމާރައްޔަތުންނައްކޮއްދިންއެއް އެއްވިއެސްކަމައްނެއް


15

އައްލާގެ ތޮފަޅާ

10-Jan-2021

އޮއި އައްލާ! ވައްކަން ކޮށް ވަތަލި ކޭހާއް އޮއްވޭލެއި ކުއްތާ ދާއި އެއްގަނޑަ ކެނޑީ ޔާމީނު ފައިނާ? ތަގޭ ލަދަ އޮތީ ނަޝީދު ލަދަ އެޑި ޖާޑިއެއިޔާ!


-1

ކިނބޫ

10-Jan-2021

ދައުލަތަށް ނުން ދުނިޔެ ލޫޓުވިޔަސް ޔާމީނުއެއި އެޑަގަން ހިނގާއް ތަތޭ ދެން ކެއްޔައް ދެއައްލާދޭތެރެ. ތައް ތެހިށީ އިބްރާހީމަކި މައްތައް ހިނާކައް އެރިގޮސް. ތަފަކީރާކީ ކަންކާކަން ތަފަކީރާއް ނިއެނގެނެމެއި ދެން މަ އަންތަރީސް ވެގެ.



ޓްރެންޑިން