ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކު ސިޓީގައި މިއަދު މޫދަށް އެރި އުޅުމުގެތެރޭގައި ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނުނު ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދަށް މޫދަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ސްކޫލުގެ ގްރޭޑް10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން (17އަހަރު) ފެނިފައިވަނީ މިއަދު 5:50 ހާއިރު މޫދު އަޑިންނެވެ.

އެކުއްޖާ ގެއްލުނީ އެކުގައި މޫދަށް އެރި އުޅުނު އިތުރު ދެ ކުއްޖަކު އޮޔާ ދަމައިގަތުމުން އެ ދެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ. މި ކުއްޖާ ގެއްލުނު ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:47 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފައުޒަން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން