ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ޓޫރިސްޓް ރިސޯޓުތަކުން ގިނަ ޢަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާއި ދިވެހި ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމަވައިފިއެވެ.

މި މައްސަލަތަކާމެދު ކަމާގުޅޭ އިދާރާތަކާ ބައްދަލު ކުރެއްވުމަށް ނިންމެވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޓް ކޮމިޓީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށީ ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުން ބާރު ލިބިގެން ޓޫރިސްޓް ރިސޯޓުތަކުން ގިނަ ޢަދަދަކަށް މޫދަށް ކުނި އަޅަމުންދާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އަދި މޯލްޑިވެސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް އެ ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.

އަދި ދިވެހިރާއްޖޭ ގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ފަންޑު ކުރުމަށް ނިންމަވާފައިވާ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ޔޫޓިލިޓީ ރުގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓާއި، ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އަދި ތިމާވެއްޓާބެހޭ މާހިރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށްވެސް މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ ފާސްކުރައްވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން