ސިފައިންގެ ތަމްރީންތަކެއް (ފޮޓޯ: އެމްއެންޑީއެފް)
ސިފައިންގެ ތަމްރީންތަކެއް (ފޮޓޯ: އެމްއެންޑީއެފް)
ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ދ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ތަމްރީންތައް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުނެ ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ތަމްރީނުތައް ކުރިއަށް ގެންދާނީ ކަނޑިންމަ ރިސޯޓާއި އެއް ފަޅެއްގައި އޮންނަ ފަޅުރަށްތަކުގައި ކަމަށް އެމްއެންޑީފުން މަޢުލޫމާތު ދީފައިވެއެވެ.



މި ތަމްރީން ތަކުގައި މިރޭ 20:00 އިން ފަތިހު 04:00 އާ ދޭތެރޭގައި ޕައިރޯޓެކްނިކްސް ބޭނުންކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިފަހަކަށް އައިސް އެމްއެންޑީއެފުން ގެންދަނީ ރާއްޖޭގެ ގިނަ ސަރަޙައްދު ތަކެއްގައި އަސްކަރީ ގިނަ ތަމްރީންތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން