ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ
ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ
ދިވެހި ސިވިލްސާރވިސް އުފެއްދީ ސަރުކާރުން ރަގަޅަށް ތައްޔާރު ނުވެ ކަމަށް ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ ސަރުކާރުން އާއްމުންނަށް ދޭހިދުމަތްތައް ލަސްކަމަށް ވިދާޅުވެ ކުރަށްވާފައިވާ ޓްވިޓެއްގައެވެ.



ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އޮފީސްތަކުގެ އާންމު ހިދުމަތް ދިނުމަށް އޮތް ހުރަސްތަކާއި ގޮންޖެހުމާއި ކަރަޕްޝަން އެއީ އިއްޔެއަކު މިޔަދަކު އޮތްކަމެއް ނޫންކަމަށެވެ. އަދި ދިގުދެމިގެންދާ މައްސަލައެއް ކަމަށާއި ސިވިލްސާރވިސް އުފެއްދީ ރަގަޅަށް ތައްޔާރު ނުވެކަމަށްވެސް ދީދީ ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކުގެ އިސްކޮށް ތިއްބަވާ ފަރާތްތަކަށް ހިންގުމުގެ މުވައްޒަފުންނަށް އެއްވެސް ބާރެއް ނޯންނަ ކަމަށާއި އަދި ވެރިންނަށް ޖަލްސާ ބާއްވާފައި އެހެން ކަމެއް ކުރާނެ ވަގުތެއް ނޯންނަކަމަށް ދީދީ ވިދާޅުވިއެވެ.



3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރިދުވަހު ވެސް ދިވެހި އަސްކަރިއްޔާގައި މުހިންމު ރޯލެއް އަދާކުރެއްވި ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އިތުރަށް ވިދާޅުވީ ސިވިލްސާރވިސްގެ މައްޗަށްވާ މަޖިލީސް އެއްވެސް ޒިންމާއެއް ނުއުފުލޭކަމަށެވެ.

ސަރުކާރުން އާއްމުންނަށްދޭ ހިދުމަތް ލަސްކަމަށް ވިދާޅުވެ ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ޓްވިޓެއް ކުރެއްވި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިދާރީ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހިދުމަތްދެވޭ ގޮތާއި މެދު ގިނަ އާއްމުންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން