އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭ ވެހި ބ. މާޅޮހުގައި ފެންބޮޑުވެެއްޖެއެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޯދަންއޭރިޔާއަށް ލިބި މިހާރު އެރަށު ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހއ. އަތޮޅުން ފެށިގެެން މ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު (ވައިޓް އެލާޓް) ވަނީ ނެެރެފައެވެ. މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު ފަހު 12:00 އާއި ހަމަޔަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމަޔަށް ހުދު ސަމާލު ނެެރެފައިވާ ކަމަށް ވެސް މޫސުމާ ބެެހޭ ގައުމީ އިދާރާ (މެެޓް އޮފީހުން) ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މެެދުރާއްޖެތެރޭގެ ރަށްތަކަށްވެސް ވިއްސާރަކުރާނެ ކަމަށާއި، ދެކުނަށް އާންމު ގޮތެއްގައި މަޑުވާނެ ކަަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެެމެެދުގެ ބާރުމިނެއްގައެވެެ. ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަމަށް އެއިދާރާއިން ބުނެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގައި 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިން ހުންނާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު