އިނގިރޭސިވިލާތުގެ ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ދެކުދިން ވިހެއި އިރު ތިބިގޮތުން ހައިރާންކޮށްލައިފިއެވެ.

މި އެއްމާބަނޑު ދެކުދިން އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެން ދުވަސް ނުފުރައެވެ. ނަމަވެސް މައިމީހާގެ ބަނޑުން މި ތުއްތު ދެކުދިން ނެގިވަގުތު ލޯބިން ބައްދާލައިގެން ތިބިގޮތުން، މި ތުއްތުދެކުދިންގެ މަންމަ އާއި ބައްޕަ މުޅިން ހައިރާންކޮށްލިއެވެ.

ކައިރަން އަދި ރަޔަން ނަމަކަށް ކިޔުނު ދެމަފިރިންނަށް ލިބުނު އެއްމާބަނޑު ދެކުދިންނަކީ ސެރޮގެސީގެ ޒަރިއްޔާއިން ލިބުނު ދެކުދިންނެވެ. އަދި ދުވަސް ނުފުރާ މިދެކުދިން ވިހާފައިވަނީ ހާލުގޯސްވާން ފެށުމުން ކަމަށްވެއެވެ. މިއެއްމާބަނޑު ދެއަންހެން ކުދިން ވިހެއި އިރު މިދެކުދިންގެ ހަށިގަނޑުގައި ކިލޯއެއްވެސް ހަމަ ނުވާކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ވިހެއުމަށްފަހު 5 ހަފްތާފަހުން ދެކުދިންގެ ހާލު ރަނގަޅުވެ ގެއަށް ދޫކޮށްލާފައިވާ ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ހެދި ދެކުދިން ވިހެއުމަށް ހޮސްޕިޓަލަށް ގެންދިއުމުން، ސެރޮގޭޓް ވިހައި ގަދަވެ ގެއަށްް ދޫކޮށްލެވެންދެން ކައިރަން އަދި ރަޔަން ހުންނަން ޖެހުނީ ގޭގައެވެ. ނަމަވެސް ޑޮކްޓަރުންނާއި ނަރުހުން ދިޔައީ ވަގުތުން ވަގުތައް ފޮޓޯ އަދި ވީޑިޔޯ ފޮނުވަމުންނެވެ.

މިގޮތުން އެންމެ ހައިރާން ކުރުވަނިވި ފޮޓޯ އަކަށްވީ މި ތުއްތު ދެކުދިން ނެގިވަގުތު ލޯބިން ބައްދާލައިގެން ތިބިގޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން