ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު (ވ). އޭސީސީގެ ރައީސް ޝިއުނާ (ވ)
ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު (ވ). އޭސީސީގެ ރައީސް ޝިއުނާ (ވ)
މާފަރު އެއަރޕޯޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އަށް ހުށައަޅާފައި އޮންނަތާ ދެއަހަރު ވެއްޖެ ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިދާރާތަކުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ހިންގާ ގިނަ ޢަމަލުތަކެއް މީސް މީޑިއާއަށް ތިލަ ކުރަށްވަމުން ގެންދަވާ ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު މިއަދު ވިދާޅުވީ، މާފަރު އެއަރޕޯޓާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީ އަށް ހުށައަޅާފައި އޮންނަތާ ދެއަހަރު ވެއްޖެކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ޒަރިޔަންދު ދެއްވާފައެއް ނުވެއެވެ.

ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާފަރު އެއަރޕޯޓްގެ މައްސަލަ އޭސީސީއަށް ހުށަހެޅިފައިވާތާ 2 އަހަރުވެގެންދާއިރު، އެ މައްސަލަ ނުނިމި ދިގުލައި ދާންޖެހޭ ސަބަބާއިމެދު ސުވާލުއުފެދޭ ކަމަށެވެ. އޭސީސީ އަށް ހުށައެޅޭ ގިނަ މައްސަލަތަކެއް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާ އަކީ ގިނަ ބަޔަކު ކުރަމުންދާ ޝަކުވާއެކެވެ. ނަމަވެސް އޭސީސީން ބުނަމުން ގެންދަނީ އެ ކޮމިޝަންގެ ސްޕީޑް ރަނގަޅު ކަމަށެވެ.



ޒަރިޔަންދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ވައްކަމާއި ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ތަޙުޤީޤީ އިދާރާތަކުން އިހުމާލުވާނަމަ، އެ ފަރާތްތަކުން އެ ކުރާކަމަކީ ދަޢުލަތުގެ ހިންގުމުގެ ނިޒާމް ހަލާކުކޮށްލުން ކަމަށެވެ. އަދި އޮފީހެއްގެ ވެރިންނާއިގުޅޭ ކޮރަޕްޝަނުގެ ތުހުމަތެއްގެ ތަފްސީލު ލިބުމަށްފަހު މިނިވަން އިންސާފުވެރި ތަޙްޤީޤެއްނުކޮށް ލަސްކުރާ ކޮންމެދުވަހަކީ، އެ އޮފީހެއްގައި އުޅޭ ސިވިލްސަރވިސްގެ އިސްވެރިންގެ ބިރުދެއްކުމުގެ އަމަލުތައް ޢާއްމު މުވައްޒަފުންނަށް އަމާޒުވާނޭ ދުވަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ޒަރިޔަންދު ވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް މީޑިއާގެ ސަމާލު ކަމަށް ގެނެސްފައެވެ. އެގޮތުން ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރެއްގެ އަމަލުތަކުން، ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރާކަމަށް ޒަރިޔަންދު ވިދާޅުވިއެެވެ. އަދި ކޮރަޕްޝަން ހިންގަވާކަމަށް ތުހުމަތުވާ ޑެޕިއުޓީ މިނިސްޓަރާމެދު ގޮތެއް ނިންމަވާދެއްވުމަށް ޒަރިޔަންދު އެދިވަޑައިގަތެވެ. ޒަރިޔަންދު ފަހުންވަނީ އެ މައްސަލައާ ގުޅޭ ތަފްސީލީ ރިޕޯޓެއް ރައީސް މައުމޫނަށް ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން