ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރަށްވާ ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންވެސް ކޮށްލީ މަގުމަތި ކަމަށް އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންވެސް ގެންދަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ޙަމަލާތައް ދެއްވަމުންނެވެ. އެގޮތުން ގުޅިފަޅުގައި މި ސަރުކާރުން އަޅާ ޕޯޓުގެ މަސައްކަތް ހުއްޓާލައި އެ ފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް މުޢިއްޒު ގެންދަވަނީ ގޮވަލައްވަމުންނެވެ. އެކަމާ ގުޅިގެން އަނަސް ވިދާޅުވީ، ޑރ. މުޢިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންވެސް ކޮށްލީ މަގުމަތި ކަމަށެވެ.
އަދި ޑރ. މުޢިއްޒު މުޅިއެކު ދެ ވެރިކަމެއްގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވިކަން ފާހަގަ ކުރަށްވައި އަނަސް ވިދާޅުވީ، މުއިއްޒުގެ ހައުސިން މިނިސްޓަރުކަން ނިންމަވާލެއްވީ ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންގެ ތެރެއިން މަގުމަތި ކޮށްލި މީހުންނަށް ޙައްލެއް ހޯދައިނުދީ ކަމަށެވެ. އަދި ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ޑރ. މުޢިއްޒުގެ ކިބައިގައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު އަށް ފާޑު ވިދާޅުވެ އަނަސް އިތުރަށް ވިދާޅުވީ، ޑރ. މުޢިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނަސް ބާރުތައް ނަންގަވައިގެން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ދުއްތުރާކުރުން ނޫން ކަމެއް ޑރ. މުޢިއްޒު ކުރަށްވާފައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވަގުތީ ގާނޫނުގައި ކަނޑައަޅާފައި އޮތް ތާރީޚަށް ވެސް ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 3 ވަނަ ދުވަހު ބޭއްވުމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް އެ މުއްދަތުގައިވެސް އިންތިޚާބު ނުބޭއްވިދާނެ ކަމަށް ބަލައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން މިހާރުވަނީ ފަށާފައެވެ.

Dhe verikamuga housing minister kan nimmaalevvee magumathi kolli gulhifalhun boahiyaavahikan libunu faraiythakah halleh nudhevi. Ekamun ekanives dhakkuvaidheny Malé ah oiy boahiyaavahikamuge massala ah halleh genesdheveyne gaabilu kameh muizz kibaiga neiykan!
— Anas Abdul Sattar (@anasabdulsattar) January 15, 2021
ޑރ. މުޢިއްޒު އަށް ފާޑު ވިދާޅުވެ އަނަސް އިތުރަށް ވިދާޅުވީ، ޑރ. މުޢިއްޒު 7 އަހަރު ހައުސިންގ މިނިސްޓަރކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނަސް ބާރުތައް ނަންގަވައިގެން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ދުއްތުރާކުރުން ނޫން ކަމެއް ޑރ. މުޢިއްޒު ކުރަށްވާފައި ނެތްކަމަށް އަނަސް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިޢުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާތީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ވަގުތީ ގާނޫނުގައި ކަނޑައަޅާފައި އޮތް ތާރީޚަށް ވެސް ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ، އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު، ޤާނޫނުގައި ބުނާ 28 ދުވަހުގެ މުއްދަތު ކެންޕެއިން ކުރުމަށް ނުލިބޭނެ ގޮތަކަށް ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ އެޗްޕީއޭ އިން އެފުރުސަތު ދެއްވުމުން ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް 3 ވަނަ ދުވަހު ބޭއްވުމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް އެ މުއްދަތުގައިވެސް އިންތިޚާބު ނުބޭއްވިދާނެ ކަމަށް ބަލައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން މިހާރުވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު