ހުޅުމާލެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ހުޅުމާލެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ހުޅުމާލެ މިސްކިތެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިން ދޮށީ އުމުރު މީހެއް މިސްކިތުން ނެރެން މަސައްކަތްކޮށް، އިންޑިއާ މީހަކު އޭނާއާއި މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތިވީ އިއްޔެ ހަވީރު އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިންޑިއާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތައް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާ މީހާ ވަނީ މިސްކިތް ތެރޭ އިން ދޮށީ އުމުރު މީހާގެ ގައިން ނުބައި ވަސް ދުވާކަމަށް ބުނެ، އޭނާ މިސްކިތުން ނެރެ، މާރާމާރީ ހިންގާފަ އެވެ. އިންޑިއާ މީހާ ހަމަލާދިން ދުވަސްވީ މީހާ އަކީ މޫސާ އަހުމަދު ނަމަކަށް ކިޔާ މީހެކެވެ.

އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން