މާފުށީ ކައިރީގައި އޮތް އޯޝަން ޑައިވިން ސަފާރީ ގައި އަލިފާން ރޯވެ ސަފާރީގެ ވެރިފަރާތް ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ސަފާރީ ގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:24 ހާއިރު ކަމަށެވެ. އަދި ސަފާރީގައި އަލިފާން ރޯވެފައިވަނީ އިންޖީން ރޫމްގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ޙާދިސާގައި ސަފާރީގެ ވެރިފަރާތް ފިހިފައިވާ ކަމަށާއި، އެއީ ބިދޭސީ ފިރިހެނެއް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ޙާދިސާ ހިނގި ވަގުތު ސަފާރީގައި ތިބީ 13 ފަތުރުވެރިންނާއި، 5 ފަޅުވެރިންނެވެ. އަދި ފިހުނު މީހާ ވަނީ މާފުށީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައެވެ.
މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބުމާއި ގުޅިގެން އެ ސަރަޙައްދަށް ގޮސް 14:17 ގައި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު