11 މީހުންނާއެކު އެންދަމަން އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ 11 މީހުންނާއެކު އެންދަމަން އުޅުނު ހިތްވަރު ނަމަކަށް ކިޔާ މަސްދޯންޏެއް ފަރަށް އަރާފައިވާ ކަމަށެވެ. މި ދޯނި ފަރަށް އަރާފައިވަނީ، ރ. ކަނދޮޅުދޫ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 20:12 ގައި ކަމަށާއި، އެ ދޯނި ފަރަށް އަރާފައިވާ ސަރަޙައްދުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ޑައިވަރުން މިހާރު ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.
މި ޙާދިސާގެ އިތުރު މަޢޫލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

11 meehunaa eku endhaman ulhunu "Hihvaru" namakah kiyaa masdhoanyeh, R.Kandholhudhoo ge hulhangu dhekunu faraathugai oiy farakah araigen MNDF Northern Area Coast Guard Squadron ge divarun harakaaiytherivanee. Mi haadhisaage mauloomaathu libifaivanee mirey 20:12 haairu. pic.twitter.com/rJ9v6Evw3c
— Maldives National Defence Force (@MNDF_Official) January 17, 2021
މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 20:12 ގައި ކަމަށާއި، އެ ދޯނި ފަރަށް އަރާފައިވާ ސަރަޙައްދުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ޑައިވަރުން މިހާރު ޙަރަކާތްތެރިވަމުންދާ ކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.
މި ޙާދިސާގެ އިތުރު މަޢޫލޫމާތު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު