ޒިދާން މުޙައްމަދު   20 ޖެނުއަރީ 2021 - 4:58
ވިލިމާލެ ރޭގަނޑު
ވިލިމާލެ ރޭގަނޑު
މާލޭގެ އަވަށެއް ކަމަށް ވާ ވިލިމާލޭން ކަރަންޓް ކެނޑި މުޅި ރަށް އަނދިރިވެއްޖެއެވެ.

ވިލިމާލޭން ކަރަންޓް ކެނޑިފައި ވަނީ މިރޭ 11:40 ހާއިރުއެވެ.

ވިލިމާލޭގެ ގެއަކުން ވާހަކަދެއްކި މީހަކު ބުނީ، "އެހާއިރު (11:40) ކަރަންޓް ދިޔަ ގޮތަށް އަދި ނާންނަ" ކަމަށެވެ.

ކަރަންޓް ކެނޑިފައި ވަނީ މުޅި ރަށުންނެވެ. އަދި ކަރަންޓް ކެނޑެން މެދުވެރިވި ސަބަބެއް ސާފު ނުވެއެވެ.

ވިލިމާލެއަކީ އާންމު ހަލަތުގައިވެސް ރޭގަނޑުގެ ވަގުތު ތަކުގައި އަނދިރި ރަށެކެވެ. އެކަށީގެންވާ ވަރަށް އެ ރަށުގެ މަގުތައް އަލި ނުކުރާ މައްސަލައަކީ ރައްޔިތުން އަބަދުމެ ކުރާ ޝަކުވާއެކެވެ.

އެކަމަކު އަދިވެސް މިކަން ހައްލުކުރަން މަސައްކަތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން