ކޮލަމާފުށީ ބަނދަރުގެ މަސައްކަތް ފެށުމަކީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސެއިން ވިދާޅުވެއްޖެއެވެ.
ގއ. ކޮލަމާފުށީގައި ހަދަނީ ރައްޔިތުން ބޭނުންވާގޮތަށް 1200 ފޫޓުގެ ބަނދަރެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. ގއ. ކޮލަމާފުއްޓާއި، ގދ. ހޯޑެއްދޫގެ ބަނދަރުގެ ސަރވޭ، ޑިޒައިން އަދި އަލުން ޢިމާރާތްކުރުމުގެ މަސައްކަތަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 77 އިންސައްތަ ފަންޑް ކުރާ ދެ މަޝްރޫއެވެ. މި ދެ މަޝްރޫއުގެ ޖުމްލަ އަގަކީ 119.6 މިލިއަން ރުފިޔާއެވެ. ދިވެހި ސަރުކާރުގެ ބަޖެޓުން މި މަޝްރޫއަށް ޚަރަދު ކުރަނީ 23 އިންސައްތައެވެ.
ގއ. ކޮލަމާފުށީ ބަނދަލު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމާ ގުޅިގެން މެންބަރު ސަޢުދު ވިދާޅުވީ، މީ ކޮލަމާފުށީ ރައްޔިތުން ޒަމާނީ ބަނދަރަކަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން ގެނުވި އުފާވެރި ދުވަހެއް ކަމަށެވެ. އަދި މެންބަރު ސަޢުދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ހައުސިންގ މިނިސްޓަރ އަސްލަމަށް ޝުކުރު އަދާކުރަށްވާފައެވެ.
"ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުމަށް މިވަނީ ތައްޔާރުވެފައި. ރައްޔިތުންނަށް މަރުޙަބާ ކިޔަން." މެންބަރު ސަޢުދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ގއ. ކޮލަމާފުށީގެ ހާބަރުގައި 548 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށި ޖަހައި، 550 މީޓަރު އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 04 ނެރު ބައްތި ޖަހައި 28 ބަނދަރު ބައްތި ހަރުކުރުމާއެކު، 2750 ސްކެއަރ މީޓަރ ޕޭވްމެންޓް ހެދުމާއި، 12 މޫރިންގް ބްލޮކްސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.
ހަމައެއާއެކު 66330 ކިއުބިކް މީޓަރަށް ކޮނެ ބަނދަރު ފުންކުރުމާއި، 5750 ކިއުބިކް މީޓަރަށް ކޮނެ ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.

Mi ee Kolamaafushi rayyithun zamāny badharakah kuramun ai dhigu inthizārah nimun genuvi ufāveri dhuvaheh! badharuge amalee masakkai feshumah mivany thayyāruvefa. Mi ufaluga baiverive rayyithunah maruhabā kiyan adhi Raees @ibusolih aa minister @AslamAslamtey ah shukuru dhannavan! pic.twitter.com/Xs3iY39czY
— Saud Hussain MP (@SaudVillingili) January 20, 2021
މި މަޝްރޫޢުގެ ދަށުން ގއ. ކޮލަމާފުށީގެ ހާބަރުގައި 548 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށި ޖަހައި، 550 މީޓަރު އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 04 ނެރު ބައްތި ޖަހައި 28 ބަނދަރު ބައްތި ހަރުކުރުމާއެކު، 2750 ސްކެއަރ މީޓަރ ޕޭވްމެންޓް ހެދުމާއި، 12 މޫރިންގް ބްލޮކްސް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.
ހަމައެއާއެކު 66330 ކިއުބިކް މީޓަރަށް ކޮނެ ބަނދަރު ފުންކުރުމާއި، 5750 ކިއުބިކް މީޓަރަށް ކޮނެ ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ހިޔާލު