ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ. ހައި ކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމް ދަމަހައްޓާފައި ވަނީ މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗްގެ 2 ފަނޑިޔާރުންގެ އަޣްލަބިއްޔަތުންނެވެ.
ރައީސް ޔާމިން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ފައިސާ އިން އެމަނިކުފާނު މަނީލޯންޑަރ ކުރެއްވި ކަން ސާބިތުވުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ ވަކީލުން ވަނީ، 75 ނުކުތާއެއް އިސްތިއުނާފް ކުރަށްވާފައެވެ. އިސްތިއުނާފުކުރުމުގައި 75 ނުކުތާ ހުށަހަޅާފައި އޮތް ނަމަވެސް ގިނަ ނުކުތާތަކެއް ތަކުރާރުވެފައިވުމުގެ ސަބަބުން، މައްސަލަ ދިރާސާކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ޝަރީޢަތް ދިގުލައިގެން ގޮސްފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ފާހަގަކުރަށްވާފައެވެ.
މި މައްސަލާގައި މަނީލޯންޑަރ ކުރިކަމަށްބުނާ ފައިސާއަކީ ގއ. ވޮޑަމުލާ ކިޔާ ފަޅު ރަށެއް ވިއްކާލައި، އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެފައިސާ 11 އޮކްޓޯބަރު 2015 ގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، 13 އޮކްޓޯބަރު 2015 އާއި 15 އޮކްޓޯބަރު 2015 ގައި 500،000 ޑޮލަރުގެ ދެ ޗެކަކުން ޖުމްލަ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ލިބުން ލަސްވެގެން ރައީސް ޔާމީން، އަދީބަށް ގުޅުއްވައި، އެ ފައިސާ ޖަމާކޮށްދެއްވުން އެދިފައިވާ ކަމަށް ހައިކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓްގައި ވެއެވެ.
މި މައްސަލައިގެ އިސްތިއުނާފީ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯދައިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރައީސް ޔާމީނަކީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއެކު އެ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔާމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮތުމުން ކްރިމިނަލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމަވާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސެއިން މަޒީދު އާއި، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުގެ ބެންޗުގެ އިސްފަނޑިޔާރަކީ ފަނޑިޔާރު ހުސެއިން މަޒީދުއެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ. މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތެވެ. އެހެން ނަމަވެސް ފަނޑިޔާރު ޝަހީދު ވަނީ މި މައްސަލައިގައި ފަނޑިޔާރު މަޒީދު ފާހަގަ ކުރައްވާފައިވާ ބައެއް ނުކުތާތަކަށްވެސް ތާއީދު ކުރައްވާފައެވެ.
ރައީސް ޔާމިން މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އިތުރު ދެ ދައުވާ އެއް ވެސް އުފުލާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ދެ ދަޢުވާއެވެ. އެމަނިކުފާނުގެ މައްޗަށް މި ދެ ދަޢުވާ އުފުލާފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު