އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކް
އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކް
އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށްގެއްލުނު އެމީހާ ފެނިފައިވަީ ރަންނާޅި ރިސޯޓުގެ އިރުމަތިން ދޯންޏާއެކު އޮޔާ ދަނިކޮށް މިއަދު 18:26 ހާއިރުކަމަށެވެ. ފެނުނުއިރު އޭނާގެ ޙާލު ރަނގަޅުކަމަށްވެސް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.

އަދި އެމީހާ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ލޯންޗްގައި މާލެއަތޮޅު މާފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 81 އަހަރުގެ އަހުމަދު އާދަމް މަނިކް އެވެ. އޭނާ އަކީ ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ މީހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާގުޅިގެން އޭނާ މަހަށްދިޔަ ދޯނީގެ ވެރިފަރާތް ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އާދިލް ސަލީމް ވިދާޅުވީ، އިއްޔެ އާދަމް އޭނާ އާއި ވާހަކަ ތަކެއް ދެއްކި ކަމަށެވެ. އަދި އާދަމް އަކީ ވާހަކަ ނުދެއްކޭ މީހަކަށް ވާތީ އޭނާ ކީއެއްޗެއް ސާފު ނޫން ކަމަށާއި، ނަމަވެސް އޭނާ ބުނި ވާހަކަ ތަކަށް އާނބަސް ބުނި ކަމަށް އާދިލް ސަލީމް ވިދާޅުވިއެވެ.

އާދިލް ސަލީމް ވިދާޅުވީ، އެހެންކަމުން އޭނާގެ ދޯނީގައި އާދަމް މަހަށް ދިޔައީ ހުއްދަ ހޯދައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން