އިސްލާމީ މަރުކަޒް (ފޮޓޯ: ސޯޝަލް މީޑިއާ)
އިސްލާމީ މަރުކަޒް (ފޮޓޯ: ސޯޝަލް މީޑިއާ)
ބަރަހަނާ ހާލުގައި ހުރި ބިދޭސީއަކު އިސްލާމީ މަރުކަޒަށް ވަދެއްޖެއެވެ.

ފުލުހުން ބުނީ، ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަން ބިދޭސީއަކު މިރޭ 8:29 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިރޭ އިޝާ ނަމާދަށް ފަހުއެވެ. އެގޮތުން އެމީހާ ފުރަތަމަ މިސްކިތަށް ވަނީ ސޯޓެއް ލައިގެން ކަމަށާއި، މިސްކިތަށް ވަދެ ދެއަތް މައްޗަށް ނަގައި އަޑުގަދަ ކޮށްފައިވާ ކަމަށް ވެއެވެ. އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ ބޭރަށް ނެރުމުން ފަހުން ބަރަހަނާ ހާލުގައި ހުރެ މިސްކިތަށް އަރައި އަޑުގަދަކޮށް މިސްކިތުގެ ބައެއް ތަކެއްޗަށް އޭނާ ވަނީ ގެއްލުން ދީފައެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

އުމަރު

25-Jan-2021

ކިހާބޮޑު ބަލާއެ ބޭރުމީހުނާހެދި.



ޓްރެންޑިން