އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
އެމްއެންޑީއެފް ޑައިވަރުންތަކެއް (ފޮޓޯ: އެމްއެންޑީއެފް ފައިލް ފޮޓޯ)
ޖެޓްސްކީއެއްގައި ފުށިފަރު ރިސޯޓުން ފުރި ދެ ދިވެއްސަކު ގެއްލިގެން އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:05 ހާއިރު ކަމަށާއި، މި ޖެޓްސްކީގައި ދަތުރުކޮށްފައިވަނީ ދެ ދިވެހިން ކަމަށާއި، އެއީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.



އެމްއެންޑީއެފުން ބުނީ މި ދެމީހުންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުންކަމަށެވެ. އޭގެ ތެރެއިން އަންހެންމީހާ ފޯނެއް ގެންދިޔަ ކަމަށާއި، އެ ފޯން ރިންގުވި ނަމަވެސް ޖަވާބުނުދޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުންވެސް މިހާރު އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން