އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
އެމްއެންޑީއެފް ކޯސްޓް ގާޑް (ފޮޓޯ: އެމްއެންޑީއެފް)
ޖެޓްސްކީއެއްގައި ފުށިފަރު ރިސޯޓުން ފުރި ދެ ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

މި ދެ މީހުންނާއި ޖެޓްސްކީ ފެނިފައިވަނީ 20:42 ހާއިރު ޅ. އަތޮޅު ކުރެއްދޫ ރިސޯޓް ކައިރިން އިންޖީނު ހުއްޓި އޮޔާދަނިކޮށް ކުރެއްދޫ ރިސޯޓްގެ ލޯންޗަކަށެވެ.



އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުންގެ ހާލުވެސް ރަނގަޅެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:05 ހާއިރު ކަމަށާއި، މި ޖެޓްސްކީގައި ދަތުރުކޮށްފައިވަނީ ދެ ދިވެހިން ކަމަށާއި، އެއީ 24 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ދެމީހުންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުންކަމަށެވެ. އޭގެ ތެރެއިން އަންހެންމީހާ ފޯނެއް ގެންދިޔަ ކަމަށާއި، އެ ފޯން ރިންގުވި ނަމަވެސް ޖަވާބުނުދޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިދެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުންވެސް މިހާރު އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން