ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުން ޤާނޫނު އަސާސީ އާ ޚިލާފު ނޫން ކަމަށް ހައިކޯޓުން ނިންމި ނިންމުން ސްޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރަށްވާނެ ކަމަށް އެ މައްސަލަ ހައިކޯޓަށް ހުށައެޅުއްވި ޤާނޫނީ ވަކީލް އަލްއުސްތާޛު މޫސާ އަންވަރު ވިދާޅުވެއްޖެއެވެ.
ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ވަކި ދާއިރާތަކެއް ކަނޑައަޅައި އެދާއިރާ ތަކަށް ހަމައެކަނި އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ހަދަން މަޖިލީހުން ވަނީ ގާނޫނެއް ފާސްކޮށްފައެވެ. މޫސާ އަންވަރު ހައިކޯޓަށް މައްސަލަ ހުށައެޅުއްވީ އެއީ ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް މަޖިލީހުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށާއި، މަޖިލީހުން ޤާނޫނަށް ގެނެސްފައިވާ ބަދަލަކީ ގާނޫނު އަސާސީގެ 17 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ބުނެ އެވެ.
އެމައްސަލާގައި ޙުކުމް އިއްވަމުން ހައިކޯޓުން މިއަދު ބުނެފައިވަނީ، ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާޙުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙު ތަކެއް ނޫން ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގައި ޙައްޤުތައް ހަނިކުރުމަށް ދީފައިވާ އިމުގެ ތެރެއިން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެކަމާ ގުޅިގެން މޫސާ އަންވަރު މިއަދު ވިދާޅުވީ، ކައުންސިލްތަކުގެ ގޮނޑި އިތުރުކޮށްފައި ވުމުން ފިރިހެނުންގެ ޙައްޤު އެއްކޮށް ނުގެއްލޭ ކަމަށް ބުނެވޭނީ ރަށު ކައުންސިލް ތަކުގައި އެކަނި ކަމަށެވެ. އެހެން ނަމަވެސް ސިޓީތަކުގައި އެ ޙައްޤު ގެއްލިފައިވާ ކަމަށާއި، ސިޓީ ކައުންސިލްތަކުގައި ބައެއް ދާއިރާތަކަށް އެއްވެސް ފިރިހެނަކަށް ވާދަނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހައިކޯޓުގެ ޙުކުމް ގޯސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މީ މަސްހުނި ވެފައިވާ ޙުކުމެއް. އަލިފުން ޔާއަށް ގޯސް." މޫސާ އަންވަރު ވިދާޅުވިއެވެ.
މޫސާ އަންވަރު ވިދާޅުވީ، ހައިކޯޓުގެ ޙުކުމުން ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބު ކަފުން ކުރުމުގެ ފުރުސަތު ލިބޭތީ އެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށެވެ. އަދި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ނޫނުގައިވާ ކަންތައްތަކަށް އެކަށީގެންވާ ވަރަށް ޙުކުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށް މޫސާ އަންވަރު ވަނީ ވިދާޅުވެފައެވެ.
މަައްސަލައިގެ ޙުކުމް އިއްވަމުން ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، މައްސަލާގައި ދަޢުވާ ކުރާ މޫސާ އަންވަރު ސުވާލު އުފައްދަވާ ބައިތަކަކީ ޤާނޫނުއަސާސީން ހުއްދަކޮށްފައިވާ ތަފާތު ކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްފައިވާ އިޞްލާޙު ތަކެއްކަމަށްވާތީ، އެއިޞްލާޙު ތަކަކީ، ޤާނޫނުއަސާސީއާއި ތަޢާރުޟުވާ އިޞްލާޙުތަކެއް ނޫން ކަމަށް ކަނޑައަޅައި، މިގޮތަށް ކަނޑައެޅުމުގެ ސަބަބުން، އެއިޞްލާޙުތަކާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަންހެނުންނަށް ގޮނޑި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާ އެއްގޮތަށް އެ އިންތިޚާބު ކުރިއަށް ގެންދިއުމުގެ ޖާގަ ލިބިދޭ ކަމަށް ހައިކޯޓުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާފައިވާ ޤާނޫނުގެ މާއްދާތަކާއި ޤަވާޢިދާއި އުޞޫލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތައާރުޟުވުމެއް އޮތްކަމަށް ކަނޑައެޅޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާޤު ވެފައެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރާއި, ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. މި ޝަރީޢަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

Council thakuge gondi “ithuru” koffai vumun firihenunge haggu ekkoh nugelley kamah buneveynee rashu council thakuga. City thakuga evanee gehlifai. City council thakugai baeh dhaairaa thakah evves firihenakah vaadha nukurevey. Miee mashunivefaivaa hukumeh, alifun yaa ah goas! pic.twitter.com/3YaAGsxxYW
— Moosa Anwar 🇲🇻 (@moosaanvar) January 24, 2021
މޫސާ އަންވަރު ވިދާޅުވީ، ހައިކޯޓުގެ ޙުކުމުން ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބު ކަފުން ކުރުމުގެ ފުރުސަތު ލިބޭތީ އެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށެވެ. އަދި ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ނޫނުގައިވާ ކަންތައްތަކަށް އެކަށީގެންވާ ވަރަށް ޙުކުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށް މޫސާ އަންވަރު ވަނީ ވިދާޅުވެފައެވެ.
މަައްސަލައިގެ ޙުކުމް އިއްވަމުން ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، މައްސަލާގައި ދަޢުވާ ކުރާ މޫސާ އަންވަރު ސުވާލު އުފައްދަވާ ބައިތަކަކީ ޤާނޫނުއަސާސީން ހުއްދަކޮށްފައިވާ ތަފާތު ކުރުންތަކެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްފައިވާ އިޞްލާޙު ތަކެއްކަމަށްވާތީ، އެއިޞްލާޙު ތަކަކީ، ޤާނޫނުއަސާސީއާއި ތަޢާރުޟުވާ އިޞްލާޙުތަކެއް ނޫން ކަމަށް ކަނޑައަޅައި، މިގޮތަށް ކަނޑައެޅުމުގެ ސަބަބުން، އެއިޞްލާޙުތަކާއި އެއްގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ.
އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އަންހެނުންނަށް ގޮނޑި ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނާ އެއްގޮތަށް އެ އިންތިޚާބު ކުރިއަށް ގެންދިއުމުގެ ޖާގަ ލިބިދޭ ކަމަށް ހައިކޯޓުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އުފައްދާފައިވާ ޤާނޫނުގެ މާއްދާތަކާއި ޤަވާޢިދާއި އުޞޫލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތައާރުޟުވުމެއް އޮތްކަމަށް ކަނޑައެޅޭނެ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުން ވަނީ އިއްތިފާޤު ވެފައެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރާއި, ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. މި ޝަރީޢަތުގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ކިޔުންތެރިންގެ ހިޔާލު