އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 11 ކުއްޖަކު ޏ. ފުވައްމުލަކު އަމާން ވެށްޓަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ. އޭދަފުށި އަމާން ވެށްޓަށް ބަދަލުކޮށްފައެވެ. އަދި ށ. ފުނަދޫ، އަމާންވެށްޔަށް 16 ކުއްޖަކު ބަދަލުކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރު ސަރަޙައްދު ތަކެއްގައިވެސް ޖެންޑަރ މިނިސްޓްރީއިން އަންނަނީ އަމާން ވެށިތައް ތަރައްގީކުރަމުންނެވެ.
ޖެންޑަރ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން 11 ކުއްޖަކު ޏ.ފުވައްމުލަކުގައި ގާއިމް ކޮށްފައިވާ "އަމާން ވެށި"މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ކުދިންނާއެކު ޏ.ފުވައްމުލަކަށް ވަޑައިގަތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އެވެ.
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު ސަރަހައްދު ތަކެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 11 ކުއްޖަކު ޏ.ފުވައްމުލަކު "އަމާން ވެށި"އަށް ބަދަލުކޮށްފި pic.twitter.com/ySYDBzytbo
— Ministry of Gender, Family and Social Services (@MoGFSSmv) January 24, 2021
ޖެންޑަރ މިނިސްޓްރީން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކީވެސް އާއިލީ މާހައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައިވެސް ގިނަ ކުދިންތަކެއް ތިބި އިރު، އެ ކުދިންނަށްވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި 50 ކުދިން އަދި ފިޔަވަތީގައި 130 ކުދިން އެބަތިއްބެވެ. މިކުދިންނަށް ވެސް މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އިތުރު ސަރަހައްދު ތަކެއްގައި އަމާން ވެށިތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު