ދިވެހި ސިފައިން ތަމްރީނެއްގައި
ދިވެހި ސިފައިން ތަމްރީނެއްގައި
އިޖްތިމާޢީ ޒިންމާގެ ދަށުން ސިފައިންގެ އެހީއަށް އެދޭ ހުރިހާ ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ރާއްޖޭގެ މީޑިއާ އަކުން ތައްޔާރުކުރި ޕްރޮގްރާމެއްގައި އެމްއެންޑީއެފްގެ ވެހިކަލްތަކެއް ބޭނުންކުރި ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓް ކުރުމުންނެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދުމުން އެ އެހީތެރިކަން ސިފައިން އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.

އަދި އެމްއެންޑީއެފުން އެފަދަ އެހީތެރިކަން ފޯރުކޮށްދެނީ އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް ދަތި ނުވާނެ ގޮތަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެއީ ސިފައިން އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ރާއްޖޭގެ މީޑިއާއެއްގެ ޝޫޓިންއެއްގައި އެމްއެންޑީއެފްގެ ހަ އުޅަނދެއް ހާއްސަ ކުރި އިރު އެމްއެންޑީއެފްގެ ގިނަ މުވައްޒަފުން ވެސް ވަނީ ޝޫޓިން ކުރިއަށް ގެންދިޔަ ރަށްތަކަށް ފޮނުވާފަވެއެވެ. މީގެ ކުރިންވެސް އެމްއެންޑީއެފުން ވަނީ، ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ތަފާތު ގިނަ ޓީވީ ޕްރޮގްރާމްތައް އުފައްދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން