ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ސިވިލްސަރވަންޓުން މާދަމާއިން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބުރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.
ފަސްކޮށްފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މި އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް 29 ޖެނުއަރީގައި ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ ކަމަށެވެ. އަދި އެފަރާތްތަކަށް އެކަން ސިވިލް ސަރވިސް ކޮމިޝަނުން އަންގަވާނެ ކަމަށް ޙަބީބު ވިދާޅުވިއެވެ. ޙަބީބު ވިދާޅުވީ އެހެންނަމަވެސް އިންތިޚާބުން ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ ކަމަށާއި، ނަމަވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މި ޙުކުމް ނުހިނގާނެ ކަމަށެވެ.
ޙަބީބު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ސަސްޕެންޑް ކުރުމަށް ޤާނޫނު ނުބުނާ ކަމަށެވެ. އަންނަ އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ޖުމްލަ 930 މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މި އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ސިވިލް ސަރވެންޓުން މާދަމާ އިން ފެށިގެން ވަޒީފާ އިން ސަސްޕެންޑްވާނެ.
— Ismail Habeeb (@IsmailHabeeb) January 28, 2021
އެކަން @cscmaldives އިން އެބޭފުޅަކަށް އަންގަވާނެ.
ނަން އަނބުރާ ގެންގޮސްފިނަމަ ވަޒީފާއަށް ރުޖޫޢަވެވޭނެ.
އ.ތ.މ ކޮމިޓީ އަށް މި ޙުކުމެއް ނުހިނގާނެ. @ElectionsMv
ޙަބީބު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ސަސްޕެންޑް ކުރުމަށް ޤާނޫނު ނުބުނާ ކަމަށެވެ. އަންނަ އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ޖުމްލަ 930 މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މި އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށެވެ.
ކިޔުންތެރިންގެ ހިޔާލު