ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަރުވާފައިވާ ބައެއް ދަޢުވަތު ކެންސަލް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގެވުމާ އެއްގޮތަށް އަމަލު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހިފައިވާކަމަށެވެ. އަދި މި ޖަލްސާއަށް މިހާރު ދައުވަތުއެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުންނާއި ހައިކޮމިޝަނަރުންނަށް ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ، މި ދެންނެވި ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސަލް ކުރެވިފައިވާ ކަމަށެވެ.



މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ސިޔާސަތު ތަކާއި، ސަރުކާރުގެ ތަސައްވުރުތަކާ ގުޅޭގޮތުން ޚާއްސަ ބަޔާނެއް ދެއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން