އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ގެންދެވޭނީ ފެބްރުއަރީ 11 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިހާބު މި އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް 29 ޖެނުއަރީގައި ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ، ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ އެންމެ ފަހުގެ ތާރީޚަކީ މިއަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަސް ކަމަށެވެ. އީސީން ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ.



އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކެނޑިޑޭޓުންގެ ތެރެއިން 150 އަށް ވުރެ ގިނަ ކެނޑިޑޭޓުން މިހާރުވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަންނަ އޭޕްރިލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ޖުމްލަ 930 މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1817 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ.

މި އިންތިޚާބުގައި، ރަށު ކައުންސިލުގެ މެންބަރުންގެ ގޮތުގައި 923 ކެންޑިޑޭޓަކު އިންތިޚާބުކުރާއިރު، ސިޓީ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރަން ނިންމާފައިވަނީ، 39 ކެންޑިޑޭޓެކެވެ. މީގެ އިތުރުން، ރަށު ކައުންސިލު މެންބަރުކަމަށް 372 އަންހެނުން އިންތިޚާބުކުރަން ނިންމާފައިވާއިރު، ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރަން ނިންމާފައިވަނީ 12 އަންހެނުންނެނެވެ.

ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން