ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ހަތަރު ރަށެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މުޅިން އަލަށް އެެއާ ޕޯޓް އެޅުމަށް ނިންމާފައިވަނީ ބ ތުޅާދޫއާއި، ތ ވިލުފުއްޓާއި، ށ ބިލެއްފަހީގެ އިތުރުން ހދ މަކުނުދޫގައެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށް އީއޯއައި ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އަދި އީއޯއައި ހުށަހަޅާއިރު އެއްފަރާތަކުން އެއް އެއާޕޯޓަށްވުރެ ގިނަ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރެވޭނެކަމަށް އެ އިޢުލާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މި މަސައްކަތައް ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުދޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) ފިނޭންސް މިނިސްޓްރީގެ ވެބް ސައިޓުން މިމަހުގެ 31 އިން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

މި ސަރުކާރުގެ ދަތުރުފަތުރު ކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިވަގުތު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އޮތްއިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އަދި ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް މި ސަރުކާރުން މިހާރުވަނީ ކޮށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އުތުރުފެންޑާ

30-Jan-2021

މިހާރު ދެފައިދޭތެރޭގައި އެއާރޕޯރޓް އެޅިޔަސް މައްސަލައަކަށް ނުވޭ ޔާމީނުވެރިކަމުގާ އިދިކޮޅުންގޮވިދޯ އެވާހަކަ ދެންލަލަލަ



ޓްރެންޑިން