އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް (ވ) އާއި ނާއިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް (ވ) އާއި ނާއިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާ ދާއިރާ ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ރަށްވެހިކަން ބަދަލު ކުރުމުގެ ފުރުސަތު ފެބްރުއަރީ 08 ގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ވަނީ، 2021 އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާތީ، ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2021 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމެވުމަށް އިލްތިމާސްކުރާ ކަމަށެވެ.



އިލެކްޝަންސް ކޮމިޝަނުން ބުނީ، ފެބްރުވަރީ 8 ގެ ފަހުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށް ދަންނަވާ ކަމަށެވެ.

ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން