ލ. ގަމުގައި ޢިމާރާތް ކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތް
ލ. ގަމުގައި ޢިމާރާތް ކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތް
މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހައްދުންމަތީ ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ނުދާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން މެމްބަރު ވިސާމް ވަނީ، ހައްދުންމަތީ ގަމުގައި މި ސަރުކާރުން އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. މެމްބަރު ވިސާމް ވިދާޅުވެފައިވަނީ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން މެމްބަރު ވިސާމް ވިދާޅުވީ މި މިސްކިތުގެ މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުތަކުން ސަމާލުކަން ނުދީ ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ވަޢުދެއް ވެފައިވާނަމަ އެ ވަޢުދެއް ފުއްދަވާނެ ކަމަށް މެމްބަރު ވިސާމް ވިދާޅުވިއެވެ.



ލ.ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 ޑިސެމްބަރު 2019 ގައެވެ. ޒަކާތު ފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 500 މީހުންގެ ޖާގައިގެ މި މިސްކިތަކީ އެފަންޑުން ޚަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މި މިސްކިތަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ 4،900345.26 ރުފިޔާއެވެ. މި މިސްކިތަކީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓަރީން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން