މާޔަން (ކ) އާއި ރައީސް ނަޝީދު
މާޔަން (ކ) އާއި ރައީސް ނަޝީދު
އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީން 2019 ވަނަ އަހަރު ބޭއްވި އެ އިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެންބަރުގެ ގޮނޑީގެ އިންތިޚާބު އަލުން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް ގޮވާލައްވާފައިވަނީ، އޭއެފްސީގެ އިންތިޚާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަޙްމަދު އަލް-ފަހަދު އަލް-ސަބާހު ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް ރާއްޖޭގެ މަރިޔަމް މުޙައްމަދު (މާޔަން) ހުށަހެޅި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން މާޔަން އާ އެއްކޮޅަށް ނިންމުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ސީއޭއެސްގެ ނިންމުމުގައި ބުނެފައިވަނީ އެ އިންތިޚާބު ބާތިލްކޮށް އާ އިންތިޚާބެއް ބޭއްވުމަށް އެންގުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށެވެ.

މާޔަންގެ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ، ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވަނީ، އޭއެފްސީ 2019 ގެ އިންތިޚާބުގައި ޖިންސީ ތަފާތުކުރުމާއި ތިންވަނަ ފަރާތެއްގެ ނުރަނގަޅު ނުފޫޒު އިންތިޚާބަށް ފޯރާފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ. އެހެން ކަމުން އޭއެސްސީ އާއި ފީފާގެ ޤަވާއިދާ އެއްގޮތަށް އާ އިންތިޚާބެއް ބޭއްވުމަށް ރައީސް ނަޝީދު ވަނީ އޭއެފްސީ އަށް ގޮވާލައްވާފައެވެ. އެ އިންތިޚާބުގައި އެ ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި މާޔަންއާ ވާދަކޮށް ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއެވެ.



މާޔަން އޭއެފްސީއަށް ހުށައެޅި އެ މައްސަލާގައި ތުހުމަތުކޮށްފައިވަނީ އޭއެފްސީގެ ހިންގާ ކޮމިޓީގެ ސައުތު ޒޯނުގެ ގޮނޑި އޭނާއާ ވާދަކުރެއްވި މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބުކޮށްދެއްވަން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަޙްމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރެއްވި ކަމަށެވެ. އެއާއެކު ޝެއިޚް އަޙްމަދާ ދެކޮޅަށް މާޔަން ހުށަހެޅި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަދި ފީފާގެ އެތިކްސް ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ކުޅިވަރުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސީއޭއެސްއަށް ހުށަހެޅިއިރު، ސީއޭއެސްގައި މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އެ މައްސަލާގައި ސީއޭއެސްއިން ނިންމާފައިވަނީ، މާޔަން ފާހަގަކުރި ނުކުތާތައް ސާބިތުވީ ނަމަވެސް އިންތިޚާބުގެ ނަތީޖާތައް ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށެވެ. އެ ގޮތުން އިންތިޚާބާ ބެހޭ ވަކި ނިންމުމެއް ނިންމާނީ އޭއެފްސީން ކަމަށްވެސް ސީއޭއެސްއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން