ވެންޓީލޭޓަރ މައްސަލާގައި ދަޢުވާކުރުމަށް ނިންމާފައިވާ ކުރީގެ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން
ވެންޓީލޭޓަރ މައްސަލާގައި ދަޢުވާކުރުމަށް ނިންމާފައިވާ ކުރީގެ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީން ތަހުޤީގުކޮށް ޕީޖީއަށް ފޮނުވުމުން އެތަހުޤީގުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމުމުން އެ މައްސަލަ އަލުން މުރާޖަޢާ ކުރުމަށްފަހު އޭސީސީން އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން 19 އޮކްޓޫބަރު 2020 ގައި ވަނީ ނިންމަވާފައެވެ. އެ މައްސަލަ އަލުން މުރާޖަޢާ ކުރުމަށްފަހު އޭސީސީން ޕީޖީއަށް ހުށައަޅާފައިވާއިރު، މި މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތުން ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހުގައި ވަނީ އެދިފައެވެ.

ވެންޓިލޭޓަރ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާ ގުޅޭ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރި އެންމެ ބޮޑު އެއް ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ދައުލަތުގެ އެކިއެކި އިދާރާތަކުން 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަހުގީގު ޓީމުން އެނެލައިޒް ކުރި ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީ އިން ބުނީ މައްސަލައާ ގުޅުން ހުރި 36 މީހެއްގެ ބަޔާން ނެގި އިރު، މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ އަދަދެއްގެ ބޭންކް އެކައުންޓްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ކަމަށެވެ. އޭސީސީގެ ބަޔާނުގައި ބުނާގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލު ކުރި ގޮތެވެ.

އޭސީސީން ބުނީ 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލު ކުރުމުގެ މަސައްކަތް ފެށީ އޭރުގެ ވަޒީރު އަމީން ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައި ކުންފުންޏެއް ކަމަށް ބަލައި އެކަމަށް ކޮންސިޑަކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނުހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭތީއާއި، އެއީއަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭ ކަމަށެވެ.

މީގެއިތުރުން ބިޑް ކޮމިޓީގައި އެ ދުވަސްވަރު ބައިވެރިނުވާ ދެ މެމްބަރަކު ބައިވެރި ކުރުވުމާއި ޕޭމަންޓް ދެއްކުން އަވަސްކުރުމަށް އަމީން މަސައްކަތް ކުރެއްވުމާއި ވެންޓިލޭޓަރުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް އަމީނަށް އެނގިފައިވާ އިރު، އެކަންކަމަށް މަޝްވަރާ ދެއްވާފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި މައްސަލަ އޭސީސީން ޕީޖީ އަށް ފޮނުވި ނަމަވެސް ޕީޖީ އޮފީހުން މި މައްސަލާގައި ނިންމެވި ގޮތެއް ސާފުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ތިމަންނަ

02-Feb-2021

މިނިސްޓަރ ވެންޓިލޭޓަރ.....



ޓްރެންޑިން