ޕީޕީއެމް ވޯޓު ހޯދާނީ ރައްޔިތުންގެ ގައިގައި ފިރުމައިގެން ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ލޯކަލްކައުންސިލް އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ ތައްޔާރު ވަމުންނެވެ. އިންތިޚާބާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ޕީޕީއެމް ވޯޓު ހޯދާނީ އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ގައިގައި ފިރުމައިގެން ކަމަށެވެ. އަދި އެމްޑީޕީން ވޯޓު ހޯދުމަށް މަސައްކަތްކުރަނީ ބޮޑު ވާހަކަ އާއި ނުފުދޭ ވަޢުދު ވެގެން ކަމަށް ޝުޖާއު ތުހުމަތު ކުރަށްވާފައިވެއެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީ އަކީ ކޮން ބައެއްކަމާ ޕީޕީއެމްއަކީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް ނޯޅޭ ކަމަށެވެ. އަދި ބޮޑު ހުޅު ޖަހަނީ ކޮންބައެއްކަމާ ބިޔަ މަޝްރޫޢު ހިންގަނީ ކޮންބައެއްކަން ދިވެހިންނަށް އެނގޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެހެން އިންތިޚާބުތަކުގައި ލިބުނު ފަދަ ފުރުސަތެއް މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައި އޮތީ ތަފާތު މާހައުލެއް ކަމަށްވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕީޕީއެމް އަށް ނުލިބޭ ފުރުސަތެއް އެމްޑީޕީންވެސް ބޭނުން ނުކުރާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.

PPM @ProgressPartyMV in Vote Hoadhan Masakaiy kuraanee “Bodu Vaahaka” aai “Nufudhey Vaudhu” Nuve,Ihulaatheri kamaa eku Rayyithunge gaigaa Firumaigen.Dhiven Dhaney MDP akee Kon baeh Kamaa,PPM akee kon Baeh kan!Bodu Hulhu Jahanee Kon Baeh kamaa,Biya Mashroou hingee Kon Baeh kan!
— Ibrahim Shujau 💙 (@shuja3831) January 31, 2021
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީއިން ކެމްޕޭން ކުރަން ރާވާފައިވާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ އެހެން އިންތިޚާބުތަކުގައި ލިބުނު ފަދަ ފުރުސަތެއް މި ފަހަރުގެ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައި އޮތީ ތަފާތު މާހައުލެއް ކަމަށްވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޕީޕީއެމް އަށް ނުލިބޭ ފުރުސަތެއް އެމްޑީޕީންވެސް ބޭނުން ނުކުރާނެ ކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު