ކަފުޖަހައިގެން ދިޔަ ބާޖެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ކ. ތިލަފުށިން ފުރައިގެން ވ. ކުނާވައްޓަށް ކަފު ޖަހައިގެން ދަތުރުކުރަމުން ދިޔަ 120 ފޫޓުގެ ބާޖެއް ގެއްލިފައިވާ ކަަމަށެވެ. މި ބާޖަކީ ލިއޯޖެމް 2 ނަމަކަށް ކިޔާ ބާޖެއް ކަމަށާއި، ބާޖުގެ ވާ ކަނޑައިގެންގޮސް ގެއްލިފައިވަނީ ވ. ކުނާ ވަށީގެ 5 ނޯޓިކަލްމޭލު ބޭރުން ކަމަށް އެމްއެންޑީފުން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 22:33 ގައި ކަމަށާއި، މިހާރު އެ އުޅަނދު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުމް ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

K.Thilafushin furaigen V.Kunaavatah kafu jahaigen dhathuru kuramun dhiya 120FT ge (Leo-Gem2) namakah kiyaa Bargeh V. Kunaavashige 5NM beyrun vaakandaigen gos gelligen, MNDF Male' Area Coast Guard Squadron in harakaaiytheri vanee. Haadhisaage report libifaivanee mirey 22:33 haairu pic.twitter.com/VPiWfL80k5
— Maldives National Defence Force (@MNDF_Official) February 1, 2021
އެމްއެންޑީއެފުން ބުނީ މި ޙާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިރޭ 22:33 ގައި ކަމަށާއި، މިހާރު އެ އުޅަނދު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ދުވަސްވަރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުމް ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު