ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު (ކ)
ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު (ކ)
ޤައުމެއްގެ ގޮތުގައި އެންމެން އެއްބައިވެ ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ފެށުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.

ކޯވިޑް-19ގެ އާ ވޭރިއަންޓް ރާއްޖެއިންފެނި، އޭގެ ސަބަބުން ރާއްޖޭގައި ވައިރަސް ފެތުރޭ ނިސްބަތް އިތުރުވެފައިވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަޤާމުގައިވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވީ، ސިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ.

އާދަމް ޝަރީފްގެ މި ގޮވާލެއްވުމަކީ އާދަމް ޝަރީފް ނިސްބަތްވާ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން ކޯވިޑް-19 ގެ ވެކްސިނާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް ކޯވިޑް-19 ގެ ވައިރަސް ފެތުރޭ ނިސްބަތް އިތުރުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ގިނަވަމުން ދަނީ ކޯވިޑްގެ އާ ވޭރިއަންޓް ރާއްޖޭގައި ފެތުރެމުން ދިއުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެފައިވާ ކަމަށެވެ.



"އަހަރެމެންގެ ޢާއިލާތަކާއި، ލޯބިވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒިންމާދާރުވެ ޤައުމެއްގެ ގޮތުގައި މިކަމުން އަރައިގަތުމަށް އެއްބައިވަންތަ ވަމާ." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް މި ފަދައިން ވިދާޅުވެފައިވާއިރު، ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދައްކާ ވާހަކަތަކާ ދެކޮޅަށް އެ ކޯލިޝަނަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ވަނީ ނިކުމެވަޑައިގެންފައެވެ. އެގޮތުން ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމްވެސް ވަނީ ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ،

ހަމައެއާއެކު ޕީޕީއެމަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޖަމީލް އުސްމާނާއި، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރކަން ކުރެއްވި ޢާއިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ސިއްޙީ މާހިރުންނަށް އިތުބާރުކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރަށްވާފައެވެ.



ކޯވިޑް-19 ވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ސިޔާސީ ރޫހެއްގައި މަސައްކަތް ކުރަނީ އިންޑިއާއާއި އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ރައްޔިތުންގެ ޢާއްމު ޞިއްޙަތާ ގުޅިފައިވާ ކަންކަމުގައި ސިޔާސީ މަންފާ ހޯއްދެވުމަށް މަސައްކަތް ނުކުރުމަށް ސިއްޙީ ދާއިރާގެ ޚިދުމަތްތެރިން ގެންދަނީ ސިޔާސީ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސަޢީދު

05-Feb-2021

ނޫން އިންޑޖޔާއިންއުފައްދާފައިވާވެކުސިން ޕީޕީއެމް މީހުންނުޖަހާނެ އަމުދުން މިސަރުކާރުންކުރާކަމަކައްޕީޕީއެމް ތާއީދުނުކުރާނެ އެމީހުން ދެރަވެދާނެ ތީވެސް މެ



ޓްރެންޑިން