ދިވެހި ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ބޯޓު ހިފަހައްޓާފައިވަނީ ސ. ގަމުގެ ދެކުނުން 15 ކިލޯމީޓަރު ބޭރުން ކަމަށެވެ. އަދި މި މަސްބޯޓާއި ބެހޭ މަޢުލޫމާތު ސިފައިންގެ ކޯސްޓްގާޑަށް ދީފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރުމަށް އުޅުނު ސ. މަރަދޫ ރަސްކުރި ދޯނިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު ކައިރީގައި ސިފައިން މިހާރު ޙަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. ރާއްޖޭގެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ޙަރަކާތްތެރިވާ އުޅަނދުތައް ދޭތެރެ ދޭތެރެއިން ސިފައިންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

S.Gamuge dhekunun 15nm beyrun, Beyruge masboateh fenigen MNDF Southern Area Coast Guard Squadron in harakaaiytherivanee. Mi mas boat aa behey mauloomaathu miadhu 14:27 haairu MNDF Coast Guard ah dheefaivanee e sarahahdhugai masverikan kuran ulhunu S.Maradhoo "Raskuri" dhoanin. pic.twitter.com/KaSqEmxS2A
— Maldives National Defence Force (@MNDF_Official) February 3, 2021
އެމްއެންޑީއެފުން ބުނީ މި ބޯޓު ކައިރީގައި ސިފައިން މިހާރު ޙަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. ރާއްޖޭގެ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަށް ޙަރަކާތްތެރިވާ އުޅަނދުތައް ދޭތެރެ ދޭތެރެއިން ސިފައިންގެ ބެލުމުގެ ދަށަށް ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު