އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު
ވޯޓު ފޮށި ފޮރުވައިގެން އަބަދު ނުތިބެވޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ،

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު ސުޖާޢު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިިތުންގެ މަޖިލީހަށް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޯވިޑް-19ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ދަތިވާތީ، އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅުމަށް އީސީން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ސުޖާއު ވިދާޅުވީ، އިންތިޚާބު ފަސްކުރުމަކީ އިލެކްޝަންސް ކޮމިޝަނާ ސަރުކާރު ގުޅިގެން ދުރާލާ ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ދަނީ ރައްޔިތުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުންކަމަށް ސުޖާއު ވިދާޅުވިއެވެ.

"ވޯޓު ފޮށި ފޮރުވައިގެން އަބަދަކު ނުތިބެވޭނެ. އިންޝާﷲ" ސުޖާއު ވިދާޅުވެފައިވެއެވެ.



މީގެ އިތުރުން ސުޖާއު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނާއި، އެޗްޕީއޭ އާއި، ރައްޔިތުންގެ މަޖިލީހާއި، ރައީސް ޞާލިޙަކީ އެކައްޗެއް ކަމަށާއި، އިންތިޚާބު ފަސްކުރަނީ އެންމެން ގުޅިގެން ކަމަށެވެ.

އަންނަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. އޭގެ އިތުރުންވެސް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައިވާތީ އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި ޚަރަދުވެސް ދެގުނަ ބޮޑުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް އިތުރު އެއް އަހަރަށް ދަންމާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން