ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު (ވ). ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދުނަޝީދުގެ އަރިހުގައި
ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު (ވ). ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދުނަޝީދުގެ އަރިހުގައި
ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ރައްޔިތުން ތާށި ކުރުމަކީ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ނާއިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޯވިޑް-19ގެ ހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގެ ސަބަބުން އިންތިޚާބުގެ އިންތިޒާމްތަކަށް ކުރިއާ ޚިލާފު ބޮޑެތި ބަދަލުތަކެއް ގެންނަންޖެހި، އިންތިޚާބުގެ ޚަރަދުތައް ދެގުނަވެ، އިންތިޚާބު ބޭއްވުމަށް ދަތިވާތީ، އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅުމަށް އީސީން ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، އެމްޑީޕީއަށް ސަރުކާރާއި މަޖިލިސް ލިބިފައިވީ ނަމަވެސް ރައްޔިތުންނަށް ލިބިފައިވާ އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހީލަތްތެރި އެތައް ކަމެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ރައްޔިތުން ތާށި ކުރުމަކީ ޖަރީމާއެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ޤާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް އަންނާނެ. ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަން ހުއްޖަތެއް ނޫން." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

އަންނަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އެޗްޕީއޭ އިން އެކުލަވާލި އުސޫލުގައި ވަނީ، ތާއިދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، އޮންލައިން ޕްލެޓްފޯމްތައް އިޚްތިޔާރުކުރުމަށް އެދިފައިވެއެވެ. ހަމަ އެއާއެކު އުސޫލުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ކޯވިޑް-19ށް ޕޮޒިޓިވްވެ އެކަހެރިކޮށްފައިވާ މީހުންނާއި، ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ކޯވިޑް-19ގެ އަލާމާތް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖައްސަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ފާއިތުވި އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސްކުރަން ނިންމީ ކޯވިޑް-19އާ ގުޅިގެންނެވެ. އޭރު އެކުލަވާލި ޚާއްސަ ޤާނޫނެއްގެ ދަށުން އިންތިޚާބު ފަސްކޮށް އޭރު ތިބި ކައުންސިލަރުންގެ ދައުރުވެސް އިތުރު އެއް އަހަރަށް ދަންމާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން