ގދ. ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ލެވެލް ކުރުމާއި ސާރވޭ ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހަމައެއާއެކު ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވެސް ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، 4500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ރީއިންފޯސް ކޮންކްރީޓް އަޅާނެއެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކޮށް، ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިއީ 15 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މީގެ އިތުރުން ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުުމުގެ މަޝްރޫޢުގެ 25 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ހުޅުދެލީ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 80 އިންސައްތަވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 49612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލައި 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި، 1645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ. މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Work on design and build of Gdh. Thinadhoo Regional Port (phase 1) is underway, with overall 30% project progress. We have completed levelling and surveying works. Establishment of a stormwater management system is currently ongoing, with 50% project progress. #MTCCProjects pic.twitter.com/3EqkfTkDXt
— MTCC Plc (@MTCCPlc) February 6, 2021
ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، 4500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3000 އަކަ މީޓަރުގެ ސަރަޙައްދެއްގައި ރީއިންފޯސް ކޮންކްރީޓް އަޅާނެއެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ޤާއިމުކޮށް، ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މިއީ 15 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މީގެ އިތުރުން ހުޅުދެލީ ބަނދަރު ތަރައްޤީ ކުރުުމުގެ މަޝްރޫޢުގެ 25 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ ހުޅުދެލީ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 80 އިންސައްތަވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 49612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލައި 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެއެވެ.
Work on Design and Build Dh. Hulhudheli Harbour is well underway, with overall 25% project progress. We have completed outer entrance channel dredging works. New harbor basin dredging works for the project is currently ongoing, with 80% completion.#MTCCProjects pic.twitter.com/EX0pnmZuSQ
— MTCC Plc (@MTCCPlc) February 6, 2021
އޭގެ އިތުރުން 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި މަގުތަކުގައި މަގު ބައްތި ހަރުކުރުމާއި، 1645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ. މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު