އެމްއެމްޕީއާރުސީ ޚިޔާނާތުގައި އެސްއޯއެފް ކުންފުނިން ނަގަންޖެހޭ ޒިންމާއެއް ނެތްތޯ ވިދާޅުވެ، އަމިއްލަ ގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރަށްވާ އަލްހާން ފަހުމީ ސުވާލު އުފައްދަވައިފިއެވެ.
އެމްއެމްޕީއާރުސީ މައްސަލާގައި މިހާތަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އެމްޑީ ޢަބްދުﷲ ޒިޔަތާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވަނީ ޙުކުމް އިއްވާފައެވެ. ނަމަވެސް މި ހުރިހާ ބޭފުޅުންނަށްވެސް ހުކުމް ކޮށްފައިވާއިރު ޚިޔާނާތްތެރިވި ފައިސާ ދައުރު ކޮށްފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ކަމަށް ފަނޑިޔާރުންނާއި، ޕީޖީން ފާހަގަ ކޮށްފައިވާއިރު އެކުންފުންޏާ އަދި އެކުންފުނި މެދުވެރިކޮށް ޚިޔާނާތުގެ ފައިސާ ލިބިފައިވާ އެހެން ފަރާތްތަކުގެ ވާހަކަ ނުދައްކާތީ އެފަރާތް ތަކުގެ މައްޗަށް ޝަރީއަތެއް ވެސް ހިންގާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ހޯދަން އިޢުލާނު ކޮށްފައިވާ ބައެއް މީހުންގެ ފޮޓޯތައް ހިއްސާ ކުރަށްވައި އަލްހާން މިރޭ ވިދާޅުވީ، އެ މީހުންނަކީ އެމްއެމްޕީއާރުސީން ވައްކަން ކުރުމުގައި ބައިވެރިވި މީހުން ކަމަށެވެ. އަދި އެސްއޯއެފްގެ ނަމުގައި ކުންފުންޏެއް ހަދައިގެން، އެނގިތިބެ ދައުލަތުގެ ފައިސާ ވަގަށްނަގާ، އެކި ފަރާތްތަކަށް ބެހުމުގައި ބައިވެރިވީ މީހުންނަކީ ފޮޓޯ އިން ފެންނަން ތިބި މީހުން ކަމަށް އަލްހާން ވިދާޅުވިއެވެ.
"މިއިން މީހަކު ނަގަންޖެހޭ ޒިންމާއެއް ނެތީތޯ؟ ކޮބައިތޯ ތަޙުޤީގު؟ ފައިސާ ކޮބައިތޯ؟" އަލްހާން ވިދާޅުވެފައިވެއެވެ.
މީގެ ކުރިން އެމްއެމްއެމްޕީއާރްސީން ވަނީ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު ނުވަތަ 158 މިލިއަން ރުފިޔާ އަކާއި ހަތަރު ލައްކަ ޑޮލަރު ނުވަތަ 6.1 މިލިއަން ރުފިޔާ ހޯދުމަށް ދަޢުވާ ކޮށްފައެވެ. މިފައިސާ އަކީ މި ދެ ކުންފުނީގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެެއްގެ ދަށުން އެމްއެމްޕީއާރްސީން އެސްއޯއެފް ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ ތަކެކެވެ.
އެސްއޯއެފް އަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް މީހެއް ކަމަށް ބުނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެމްއެމްޕީއާރްސީން މިކުންފުންޏަށް ފައިސާ ދޫކޮށްފައިވަނީ އަދީބްގެ ބެލުމުގެ ދަށުން އެމްއެމްޕީއާރްސީ ހިންގަމުން ދިޔަ ދުވަސްވަރު ކަމަށް ވެއެވެ.
އެމްއެމްޕީއާރްސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް މިމައްސަލާގައި އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓްގައި ބުނެފައިވެ އެވެ.
އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ފައިސާ ބަހާފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެންގެވި ގޮތަށް ސަރުކާރުގެ ބައެއް އިސްވެެރިންނާ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް މަޖިލިސް މެންބަރުންނަށް ކަމަށް އެސްއޯއެފް އިން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މިފައިސާ އެކުންފުނިން ބޭނުން ކޮށްފައި ނުވާނެ ކަމަށްވެސް އެސްއޯއެފް އިން ވަނީ ބުނެފަ އެވެ.

މި މީހުންނަކީ MMPRC އިން ވައްކަން ކުރުމުގައި ބައިވެރިވި މީހުން!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) February 6, 2021
SOF ނަމުގައި ކުންފުންޏެއް ހަދައިގެން، އެނގިތިބެ ދައުލަތުގެ ފައިސާ ވަގަށްނަގާ، އެކި ފަރާތްތަކަށް ބެހުމުގައި ބައިވެރިވި މީހުން!
މިއިން މީހަކު ނަގަންޖެހޭ ޒިންމާއެއް ނެތީތޯ؟
ކޮބައިތޯ ތަޙުޤީަގު؟ ފައިސާ ކޮބައިތޯ؟ pic.twitter.com/x6mcy0om25
މީގެ ކުރިން އެމްއެމްއެމްޕީއާރްސީން ވަނީ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު ނުވަތަ 158 މިލިއަން ރުފިޔާ އަކާއި ހަތަރު ލައްކަ ޑޮލަރު ނުވަތަ 6.1 މިލިއަން ރުފިޔާ ހޯދުމަށް ދަޢުވާ ކޮށްފައެވެ. މިފައިސާ އަކީ މި ދެ ކުންފުނީގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމެެއްގެ ދަށުން އެމްއެމްޕީއާރްސީން އެސްއޯއެފް ކުންފުންޏަށް ދޫކޮށްފައިވާ ފައިސާ ތަކެކެވެ.
އެސްއޯއެފް އަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ގާތް މީހެއް ކަމަށް ބުނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެކެވެ. އެމްއެމްޕީއާރްސީން މިކުންފުންޏަށް ފައިސާ ދޫކޮށްފައިވަނީ އަދީބްގެ ބެލުމުގެ ދަށުން އެމްއެމްޕީއާރްސީ ހިންގަމުން ދިޔަ ދުވަސްވަރު ކަމަށް ވެއެވެ.
އެމްއެމްޕީއާރްސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް މިމައްސަލާގައި އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓްގައި ބުނެފައިވެ އެވެ.
އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ފައިސާ ބަހާފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެންގެވި ގޮތަށް ސަރުކާރުގެ ބައެއް އިސްވެެރިންނާ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް މަޖިލިސް މެންބަރުންނަށް ކަމަށް އެސްއޯއެފް އިން މީގެ ކުރިން ބުނެފައިވެ އެވެ. އަދި މިފައިސާ އެކުންފުނިން ބޭނުން ކޮށްފައި ނުވާނެ ކަމަށްވެސް އެސްއޯއެފް އިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ހިޔާލު