ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ރައީސް ޔާމީނުގެ ސަރުކާރުގައި ޢިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްގެ ޝަކުވާ ތަކަށް ޖަވާބު ނުލިބޭނަމަ އެކަން އެންގުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވަނީ، އެ މަޝްރޫޢުގެ ކެޓަގަރީތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާއެއް ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ.

ޝަކުވާތައް ދިރާސާ ކުރުމަށްފަހު ޝަކުވާގެ ޖަވާބު މިހާރު ވާނީ، ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް އީމެއިލް ކުރެވިފައި ކަމަށް އެ އިޢުލާނުގައިވެއެވެ. ކޮމިޓީން ބުނީ ބައެއް ފަރާތްތަކުން ދެއްވާފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރ ނުވާކަން ކޮމިޓީއަށް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅުއްވާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކޮށްދެއްވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ.

ހިޔާ މަޝްރޫގެ ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ހުށައެޅިއެވެ.

ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކުގައި އަޑުއުފުލަން އުފެއްދި ޖަމިއްޔާ، "އާއްމުންގެ އެކުވެރި ގުޅުން" އިން ބުނީ މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާ ލިސްޓުތަކެއް އާއްމުކުރިއިރު އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވީ ދިރިއުޅުމުގެ ހާލަތު ބައިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން