ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 އިންސައްތަ ނިމިފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ވެސް ވަނީ ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 19 މަގެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއި، ގްރެވިޓީ ޕައިޕް ނެޓްވޯރކް އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ހިންދުމަށްޓަކައި ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގުތައް އަލިކުރުމަށް ބައްތި ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ. މިއީ 39.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

The construction of major roads for B. Eydhafushi is well underway, with overall 90% project progress. The asphalt laying work of the roads is now complete. Installation of road markings and streetlights are now ongoing, with 80% project progress. #MTCCProjects pic.twitter.com/JVrXupLfU9
— MTCC Plc (@MTCCPlc) February 8, 2021
މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 22،942 އަކަމީޓަރު ހިމެނޭ ގޮތަށް، 19 މަގެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމަކާއި، ގްރެވިޓީ ޕައިޕް ނެޓްވޯރކް އެޅުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފެން ހިންދުމަށްޓަކައި ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތާއި، މަގުތައް އަލިކުރުމަށް ބައްތި ހަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 22 އޭޕްރިލް 2019 ގައެވެ. މިއީ 39.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު