ނޫސްވެރިޔާ މުޙައްމަދު ފަޒީން
ނޫސްވެރިޔާ މުޙައްމަދު ފަޒީން
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިިިމް މުހައްމަދު ޞާލިހް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވެވި ލިސްޓްގެ ކުރީގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ފަޒީން އާއި ކުރިން ވީޓީވީގައި މަސައްކަތް ކުރެއްވި ޝިފްޒާ މުސްތަފާ ހިމަނުއްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް މެމްބަރަކު ޢައްޔަނު ކުރަށްވަނީ އެ ކޮމިޝަންގެ މެމްބަރ ޒީނާ ޒާހިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އިސްތިއުފާ ދިނުމާގުޅިގެން ނެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެ ލިސްޓުގެ ތިން ވަނާގައި އޮތީ ލަވަ ކިޔުންތެރިޔާ ޝިފާ ތަޢުފީގެވެ. އޭގެ އިތުރުން ކުރިން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ކުރެއްވި އަލީ މުހައްމަދު މަނިކުވެސް ހިމެނޭގޮތުން ޖުމްލަ 11 ނަމެއް ރައީސުލް ޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސް ފޮނުއްވި ނަންފުޅުތައް މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވާފައިވާއިރު، އެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން