ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން (ގިޓާ) ޗައިނާ ރައްޔިތުންނަށް ނިސްބަތްކޮށް ލޯކުދި މީހުންނޭ ބުނެ ނަސްލީ އިމްތިޔާޒަށް އަރައިގަތުމުން މަޖިލީހުގެ ރިޔާސަތުން އެކަން ހުއްޓުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލޭ ސަރަޙައްދުގެ ޒުވާނުންނަށް ޚާއްސަކޮށް ހިތްހަމަ ޖެއްސުމަށް މަރުކަޒެއް ޤާއިމު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވަނީ ޤަރާރެއް ހުށައަޅުއްވާފައެވެ. އެ ޤަރާރުގެ ބަހުސްގައި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަމުން ޒުވާނުން ޤަބޫލުކުރާ ތަރައްޤީއެއް ގެނެސްދިނީ ރައީސް ޔާމީން ކަމަށާއި، އެގޮތުން ރަސްރަނި ބަގީޗާ ތަރައްޤީ ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ހެދި ލޮނު ޒިޔާރަތް ބަގީޗާގެ ބޭނުން ޒުވާނުންނަށް ނުހިފޭ ކަމަށް ސަޢީދު ވިދާޅުވިއެވެ.
އެކަމާގުޅިގެން ސަޢީދަށް ރައްދު ދެއްވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ "ލޯ ކުދި މީހުންނަށް" ދައްކަން ކުރީ ސަރުކާރުގައި ޕާކުތަކުގައި ބެހެއްޓީ ޕްލާސްޓިކް ގަސްކަމަށް ވިދާޅުވެފައެވެ. އަދި އެއީ ދިވެހި ޒުވާނުން ބޭނުންވާ ހާސްކަމެއްނެތް މާޙައުލު ނޫންކަމަށް ޝިޔާން ވިދާޅުވިއެވެ.
ޝިޔާން އެހެން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މަޖިލީހުގައި އެއްވެސް ގައުމެއްގެ، އެއްވެސް ނަސްލެއްގެ އެއްވެސް ބަޔެއްގެ ސިފަޔަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ ބަސްމަގު ރަނގަޅު ކުރުމަށް ޝިޔާނަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު