އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އިސްލާމްދީނުގެ ޙުކުމްތައް ބަޔާން ކުރުމަކީ ދީނީ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ މާލޭގައި ޒުވާނުންނަށް މަޖާކޮށް މިއުޒިކް ކުޅެ އެކުވެރިންނާ ބައްދަލުކޮށް ހަދައި އުޅެވޭނެ މަރުކަޒެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވި ގަރާރާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ބަހުސްގައި ބައެއް މެމްބަރުން ދީނުގެ ޙުކުމްތަކާ ޚިލާފު ވާހަކަ ދެއްކެވިކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް ކަމަށެވެ.

"އަދި ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެކެވެ." އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.



މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ޒުވާނުންނަށް މިއުޒިކްކުޅެ މުނިފޫހި ފިލުވައި އުޅެވޭނެ މަރުކަޒެއް މާލޭގައި ޤާއިމުކުރުމަށް ތާޢީދު ކުރަށްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި މިއުޒިކަކަކީ އިސްލާމް ދީނުގައި ހަރާމް ކުރަށްވާފައިވާ އެއްޗެއް ކަމަށް ނުބުނެވޭނެ ކަމުގައިވެސް ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން