ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ ބަނދަރު އިތުރަށް ފުން ކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މިދިޔަ އަހަރުގެ މެއި 27 ވަނަ ދުވަހު މޮބިލައިޒް ކޮށްފައިވާ މި މަޝްރޫޢު ނިމޭއިރު 38600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށެވެ. އަދި 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާ އަށެވެ.

Work on Design and Build of F. Dharanboodhoo Harbour is well underway, with overall 50% project progress. The installation of precast concrete blocks required for quay wall construction have been completed. #MTCCProjects pic.twitter.com/FG8GWpwlm2
— MTCC Plc (@MTCCPlc) February 8, 2021
މިދިޔަ އަހަރުގެ މެއި 27 ވަނަ ދުވަހު މޮބިލައިޒް ކޮށްފައިވާ މި މަޝްރޫޢު ނިމޭއިރު 38600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށެވެ. އަދި 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 2500 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ޕްލޭނިންގ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ހިޔާލު