ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކެއް
"ހިޔާ" ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާއްމުކޮށްފި އެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ފްލެޓް ލިސްޓް ޢާއްމުކޮށް ގެޒެޓް ކޮށްފައިވަނީ ދާދި ދެންމެ އެވެ. ލިސްޓް ޢާއްމު ކުރުމާއެކު ގެޒެޓް ވެބްސައިޓަށް ބާރު ބޮޑުވެ ވެބްސައިޓް ވަނީ ޑައުންވެފައެވެ. ފްލެޓް ކޮމިޓީން ވަނީ ފްލެޓް ޙައްޤުވާ 6720 މީހުންގެ ލިސްޓް މިރޭ ޢާއްމުކޮށްފައެވެ.

މައްސަލަބޮޑުވި ހިޔާ ފްލެޓްތަކުގެ ލިސްޓް މިރޭ ޢާއްމު ކޮށްފައިވާއިރު، ހިޔާ މަޝްރޫގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ހުށައެޅިއެވެ. ނަމަވެސް ފަހުން ކޮމިޓީން ވަނީ އެ މިންގަނޑު އަލުން ޢާއްމުކޮށް ޝަކުވާ ހުށައަޅަން ހުޅުވާލާފައެވެ. އަދި ޝަކުވާތައް ދިރާސާ ކުރުމަށްފަހު ޝަކުވާގެ ޖަވާބު ވަނީ ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް އީމެއިލް ކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ޢިމާރާތްކުރި 7000 ފްލެޓްގެ ޙައްޤުވެރިންގެ ނަންތައް މިރޭ ޢާއްމުކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މިއަހަރުގެ ކުރީކޮޅު ފްލެޓް ޙައްޤުވާ ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށެވެ. އެ ފްލެޓްތަކަށް 25000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން