ފްލެޓްތަކުގެ މައްސަލަ ބެލި ކޮމިޓީގެ މެމްބަރުން
ފްލެޓްތަކުގެ މައްސަލަ ބެލި ކޮމިޓީގެ މެމްބަރުން
ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރީ، އެ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅަށް ބެލުމަށްފަހު ކަމަށް ފްލެޓް ކޮމިޓީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީން ވަނީ، ހިޔާ މަޝްރުޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ކޮމިޓީން ރަނގަޅަށް ބަލާފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.

ފްލެޓް ކޮމިޓީން ބުނީ ފްލެޓަށް އެދި ފޯމް ހުށައެޅި 25000 މީހުންގެ ތެރެއިން، ދިރިއުޅުމުގެ ޙާލަތު ކަށަވަރުކުރަންޖެހުނު ސޯޅަހާހަށް ވުރެ ގިނަ މީހުންގެ ޙާލަތު އެ ކޮމިޓީން ބަލާފައިވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތައް ދިރިއުޅުނު ތަންތަނަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ޙާލަތު ވަޒަންކޮށްފައިވާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް ކެޓަގަރީތަކުން ބާކީވީ ފްލެޓްތައް މާލޭ ރަށްވެހިންގެ ބަޔަށް ބަދަލުކުރުމަކީ ކޮމިޓީގެ ނިންމުމެއް ނޫންކަމަށާއި، އެއީ ކެބިނެޓުން އެކަން ކުރެއްވުމަށް ނިންމެވި ގޮތްކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ. ބޯހިޔާވަހި ކަމަކީ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤެއް ކަމަށް ވުމާއެކު، ފްލެޓް ޙައްޤުވާ އެންމެންނަށް ފްލެޓް ލިބުނު ކަމަށް ޤަބޫލު ނުކުރާކަމަށްވެސް ކޮމިޓީން މިއަދު ހާމަކުރިއެވެ.

އޭގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ އާއި ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފްލެޓް ލިބުމުގައި އެމީހުންނަކީ މާލޭގައި ދިރިއުޅޭ މީހުންނަށް ވުން ލާޒިމް ނޫންކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

"ހިޔާ" މަޝްރޫޢުގެ ފްލެޓް ލިބުނު ފަރާތްތަކުގެ މާކްސްތައް އަލުން ޗެކްކޮށް ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ކޮމިޓީން ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅައި، ފްލެޓް ލިސްޓް ޢާއްމުކޮށް ގެޒެޓް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ ލިސްޓުގައި ފްލެޓް ޙައްޤުވާ 6720 މީހުން ހިމަނާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޙަސަން ވަހީދު

11-Feb-2021

ޢިތުރުފުޅެއް ހާލަތު އަދި މައުލޫމާތުވެސް ރަނގަޅަށް ނުބަލާ. ޝަކުވާގެ އަޑުވެސްނާހާ އަޅުގަޑު އެކިސިފަސިފާއިގައި ޝަކުވާ ހުށަހެޅިން އެއްވެސް ޖަވާބެއްނުދޭ????


5

އައިސަތު

11-Feb-2021

މާލެއްގަ ދިރިނުޅޭ މީހުން ހާލުލަތުން ކޮށްގޮތް ބަލާފަތޯ ފުލެޓްދިނީ


-7

އައިސަތު

11-Feb-2021

މާލެއްގަ ދިރިނުޅޭ މީހުން ހާލުލަތުން ކޮށްގޮތް ބަލާފަތޯ ފުލެޓްދިނީ



ޓްރެންޑިން