ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ޒީރޯ ޓްލެރެންސް ޓު ކޮރަޕްޝަންގެ ދަށުން މި ސަރުކާރުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ނަމަވެސް އެކަމެއް ނުބަލާ މި ސަރުކާރުން ދޫނުކުރާނެ ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ބައިވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށާއި، ސަރުކާރުގެ އެ ވަޢުދު ފުއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. ހަމައެއާއެކު ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ ޚިޔާނާތުގެ މައްސަލަތައްވެސް ނިމެމުން އަންނަ މިންވަރަކުން ހާމަކުރަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދަޢުލަތަށް ގެއްލިފައިވާ ފައިސާ އާއި މުދާ ދަޢުލަތަށް އަނބުރާ ހޯދުމަކީ ރައީސްގެ ޚާއްސަ ރިޔާސީ ވަޢުދެކެވެ. ނަމަވެސް މި ސަރުކާރުގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާ ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. އެގޮތުން ކޯވިޑް-19 އާ ގުޅިގެން ހޯދަން މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޚިޔާނާތްތެރިވި ކަމަށް ތުޙުމަތު ވުމުން ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު