ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ރ. އުނގޫފާރު މަގު ހެދުމާއި، ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މަގުތަކުގެ ސަބްގްރޭޑް މަސައްކަތުގެ 46 އިންސައްތަ އާއި، ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން 16488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި އޭބީސީ ފަށަލަ އެޅުމާއި ސަބްގްރޭޑް މަސައްކަތް ކުރުމާއިއެކު ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފަށާފައިވާ މި މަޝްރޫއުއަކީ 28.66 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ނިމި، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 51861.5 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެ އެވެ. އަދި 283 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނެރު ބައްތި އާއި މަގު ބައްތި ހަރުކޮށް، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ޖުލައި 2019 ގައި އެމްޓީސީސީއާ ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 48.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން