މ މުލަކުގައި ތަރައްޤީ ކުރާ މިފްކޯ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށެވެ.

300 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ހއ ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީ އަށް ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 78000 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބަނދަރު ފުންކޮށް 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 616 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ތޮށި ޖަހާނެއެވެ. މީގެ އިތުރުން ބޭރު ތޮށީގެ ބަނދަރު ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އަޅާ ރޭމްޕު ހަދާނެއެވެ.

އެއް އަހަރުގެ ތެރޭ ނިންމަން ހަވާލުކުރި މި މަޝްރޫއގުގެ އަގަކީ 69.8 މިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން